Last Updated: May 18, 14:59
Saturday, May 18, 2024
ޚަބަރު

މީދޫ "ނިންމާ" ޖަގަހައިގެ ބިއްލޫރި ތަޅާލައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މީދޫގައި ހޮނިހިރު ދުވަހުގެ ރޭ ހުޅުވި "ނިންމާ" ޖަގަހައިގެ ބިއްލޫރި ތަޅާލައިފިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕަ ހުޅުވައިދެއްވި މި ޖަގަހައަކީ މީދޫ ބޮޑު މަގުގައި ހުޅުވާފައިވާ ޖަގަހައެކެވެ.

މީދޫއިން މި އިންތިހާބުގައި 80 ޕަސެންޓަށް ވުރެ ގިނަ ވޯޓު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ހޯދައި ދިނުމަށް ކެމްޕެއިން ހަރަކާތަށް ހާއްސަކޮށް ހުޅުވި މި ޖަގަހައިގެ ބިއްލޫރި ތަޅާލާފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވަމުން އަންނަ އިރު ދާދި ފަހުން ހުޅުމާލޭގައި އިއްތިހާދުގެ ފަރާތުން ޖަހާފައިވާ ޕޯސްޓަރުތަކެއް ވަނީ ރައީސް ޔާމީންގެ ސަޕޯޓަރުންތަކެއް ވީދާލާފައެވެ.