Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނަމަ ހުއްދަ ހޯދަން ޖެހޭ

މިދޫ ބޯޅަ ދަނޑުގައި2013 ވަނަ އަހަރު ކުރެވުނު އަޟްހާ އީދު ނަމާދު. ފޮޓޯ: ކިއުންތެރިއެއް

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދައިގެން މެނުވީ ބޮޑު ޖަމާޢަތުގައި އީދު ނަމާދު ނުކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ސޮއި ކުރައްވާ އެ މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް، ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ޖަމިއްޔާތަކުން މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އަދި އެ ނޫން ގޮތަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، އިމާމުވެ އީދު ނަމާދު ކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް މިނިސްޓްރީއަށް ފޮނުވައި ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް ސާކިއުލާގައި އަންގާފައި ވެއެވެ.

މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުުގައި ބޮޑު ޖައާއަތްތަކުގައި އީދު ނަމާދު ކުރުމަކީ މިހާރު އާންމު ކަމަކަށް ވީއިރު، މިއީ ހުއްދަ ހޯދައިގެން ނޫނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން އެންގި ފުރަތަމަ ފަހަރެވެ.