Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ރިޔާސީ އިންތިޚާބަށް އުމަރު 1،500 ސޮއި ހަމަކޮށްފި

ފޮޓޯ-ވީނިއުސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމަވާފައިވާ މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު، އުމަރު ނަސީރު 1،500 މީހުންގެ ސޮއި ހަމަކުރައްވައިފިއެވެ.

އުމަރުގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނި އޭނާއަށް 2،200 އަށް ވުރެ ގިނަ މީހުން ތާއީދުކޮށް ފޯމް ފުރާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ފަރާތެއް، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާނަމަ ތާއީދު އޮތް ކަން އަންގައިދިނުމުގެ ގޮތުން މަދުވެގެން 1،500 މީހުންގެ ސޮއި ހޯދަން ޖެހޭ ކަމަށެވެ.

އުމަރު ވަނީ 1،500 މީހުންގެ ސޮއި ހޯދުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކާއި ތާއީދު ކުރުމުގެ ގޮތުން ފޯމު ފުރި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

އުމަރު ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި 2013 ވަނަ އަހަރުގައި ޕީޕީއެމްގެ ޓިކެޓު ހޯއްދެވުމަށް ރައީސް ޔާމީނާއި، ޕާޓީގެ ޕްރައިމަރީގައިވެސް ވާދަކުރެއްވިއެވެ. ނަމަވެސް ދެ އިންތިޚާބުން ވެސް އުމަރު ވަނީ ބަލިވެފައެވެ.