Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސުން މުދާ ގަނެގެން އުމްރާ ދަތުރެއް

ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންގ ސްކީމް މެދުވެރިކޮށް މުދާ ގަނެގެން ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ހިނގާ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 އޮގަސްޓްގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ދެ މީހެއްގެ އުމްރާ ދަތުރު ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ އިން 15،000ރ. އާއި 100،000ރ. އާއި ދެމެދުގެ އަދަދަކަށް ވިޔަފާރި ކުރެވޭނެ އެވެ. މި ސްކީމްގެ ދަށުން ކަރަންޓު ސާމާނާއި ފަރުނީޗަރުގެ އިތުރުން ގޭތެރެއަށް ބޭނުންވާ އެހެނިހެން ތަކެތި ވެސް ގަނެވޭނެ އެވެ. މި ސްކީމުގެ ދަށުން ގަންނަ މުދާ ހަތް ދުވަހުގެ ތެރޭގައި ލިބޭނެ އެވެ.

މި ސްކީމަށް އެދި ހުށަހަޅާނީ "ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ" ފޯމް ފުރިހަމަކުރުމަށްފަހު މާލޭގައިނަމަ ބީއެމްއެލް އިސްލާމިކް ބްރާންޗަށް އަދި އަތޮޅުތެރޭގެ ބީއެމްއެލް ބްރާންޗްތަކަށެވެ.

ބީއެމްއެލް އިން ބުނީ މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް އަށް ޒިޔާރަތްކޮށްލުމުން ނުވަތަ 3330200 އަށް ގުޅުމުން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.