ވެރިކަން ކުރާ ޕީޕީއެެމް/އެމްޑީއޭ ކޯލިޝަން އޮތީ ބަދަހި ކަމާއި އެކު ކަމަށާއި، އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ އެކުވެރި ވަފާތެރިއެއްްކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީއޭ އާއި ޕީޕީއެމްގެ މެދުގައި މައްސަލަތަކެއް ޖެހި އެމްޑީއޭ ކޯލިޝަނުން ވަކިވެދާނެ ކަމުގެ އަޑުގަދަ ވެފައިވަނިކޮށް ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލީޝަން އޮތީ ބަދަހިކޮށް ކަމަށާއި، ދެ ޕާޓީގެ މެދުގައި ބައްދަލުވުންތައް ބަރާބަރަށް ބާއްވަމުންދާ ކަމަށާއި ދެޕާޓީން ގުޅިގެން މަސައްކަތް ކުރަނީ ޔާމީން/ޝަހީމް 2018އަށް ކަމަށެވެ.
PPM MDA Coalition varah badhahi kamaa eku othee #YaameenShaheem2018 kaamiyaabukurumah. Dhe Party ge Coalition ge Badhalu vun thah ves Baraabarah Kuriah Ebadhey. MDA leader hon Ahmed Siyam akee #RY ge vafaatheri Ekuveri eh. pic.twitter.com/I60JRcc7Fn
— Ahmed Nihan (@ahmed_nihan) August 6, 2018
ނިހާނު މިފަދަ ޓްވީޓެއް ކޮށްފައިވާ އިރު ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުން އެމްޑީއޭގެ މަޖްލިސް މެމްބަރުން ނުފެނެއެވެ. އަދި އެކަމާއި ގުޅުން ހުރި ވާހަކަތަކުގެ އަޑެއްވެސް ނީވެއެވެ.