Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ފުޓުސަލް ދަނޑު ނޭޅުމުން އަނގޮޅިތީމު ޒުވާނުން ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލައިފި

ރ. އަނގޮޅިތީމު ޒުވާނުންނަށް ފުޓްސަލް ދަނޑެއް އަޅައިދޭން ސަރުކާރުންވީ ވައުދު ފުއްދައި ނުދިނުމާއި ގުޅިގެން އެރަށުގެ ޒުވާނުންތަކެއް ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލައިފިއެވެ.

522 މީހުންގެ އާބާދީއެއް އޮންނަ އަނގޮޅިތީމް ކައުންސިލްގެ މެމްބަރަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ވިދާޅުވީ ޒުވާނުންގެ ކެތްތެރިކަން ކޮޅުންލައި މުޒާހަރާއަށް ނިކުތީ އެއަތޮޅުގެ އެހެން ރަށްތަކުގައި ފުޓްސަލް ސަރުކާރުން އަޅައިދީ ބަޖެޓުގައި ހިމަނައި އެމަސައްކަތް ކޮށް ނުދިނުމުން ކަމަށެވެ.

"ދަނޑުގައި ކުޅުމަކީ މި ރަށުގެ ޒުވާނުން ދެކެމުން އައި ހުވަފެނެއް، މި އަހަރު ނިމިގެންދާ އިރު އެކަމެއް ނުކުރެވޭ، އެހެންވެ ޒުވާނުން އިހުތިޖާޖަށް ނިކުތީ"

ކައުންސިލަރު ވިދާޅުވީ ފުޓްސަލްގެ ބަޖެޓުގައި ޖެހި ނަމަވެސް ފައިސާއަށް ވީ ނުވީއެއް ނޭގޭކަމަށެވެ.

ޒުވާނުންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުދޭތީ އެކި ރަށްތަކުގެ ޒުވާނުންދަނީ ހިތް ހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.