Last Updated: May 18, 14:59
Saturday, May 18, 2024
ޚަބަރު

ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރާނަން: އިބޫ

ގުޅިފައިވާ އިއްތިހާދުގެ ވެރިކަމެެއްގައި ރާއްޖޭގެ އަތޮޅުތެރޭގެ ދަތުރުފަތުރުގެ ދުވެލި އަވަސް ކުރައްވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ތ. ތިމަރަފުށީގައި މިރޭ ކުރިއަށްދާ އިއްތިހާދުގެ ޖަލްސާގައި އިބޫ ވިދާޅުވީ ތިމަރަފުށީގެ ދަތުރު ފަތުރު އޮތީ ދެދުވަހުން އެއް ދުވަހުކަމަށާއި، މީގެ ކުރިން އެމްޑީޕީން ރާއްޖޭގައި ގާއިމް ކުރި ދަތުރުފަތުރުގެ ނިޒާމް އޮތް ގޮތަށް އެއަށްވުރެ ބާރު ދުވެލީގައި ގެންނާނެކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ދަތުރުފަތުރު ހަރުދަނާ ކުރައްވާނެކަމަށެވެ.

ތިމަރަފުށީ ރައްޔިތުންނާއި މުޙާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ތިމަރަފުށީ ހިއްކި ބިމުގެ ބޭނުން ކުރެވޭނެގޮތް ހަދައި، ފަތުރުވެރިކަމަށް ފުރުސަތު ހުޅުވާލާނެކަމަށެވެ. އަދި ތ. އަތޮޅުގައި ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ރިސޯޓުތަކަށް ތަރައްޤީ ކުރުމަށް ބޭނުންވާ އިންވެސްޓަރުން ހޯއްދަވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އިއްތުހާދުގެ ވެރިކަމުގައި އިންވެސްޓަރުންނަށް ރައްކާތެރި ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.