Last Updated: June 9, 09:23
Tuesday, June 9, 2026
ޚަބަރު

ޖޭއެސްސީގެ ނައިބު ރައީސަކަށް ރިޒާ

ފޮޓޯ:ވީއެފްޕީ

ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ ނާއިބު ރައީސްގެ މަގާމަށް އެކޮމިޝަނުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހަމަޖައްސައިފިއެވެ.

ރިޒާ ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މެމްބަރުގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ ނާއިބު ރައީސަކަށް ރިޒާ ހަމަޖެއްސެވީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. ރިޒާއާ އެކު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އެ ކޮމިޝަންގައި ނެގި ވޯޓުގެ ތަފްސީލެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީގެ ނާއިބު ރައީސްގެ މަގާމުގަ ކުރިން ހުންނެވީ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރުގެ ހައިސިއްޔަތު ކޮމިޝަނުގައި ކުރިން ހިމެނިވަޑައިގެންނެވީ މުހައްމަދު ފައިސަލެވެ. ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްފަހު ފައިސަލްގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީއަށް މިހާރު އައްޔަންކޮށްފައި ވަނީ ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.

ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބަލައި ފަނޑިޔާރުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ.