Last Updated: May 18, 15:53
Saturday, May 18, 2024
ޚަބަރު

ޗަމްޕާ އާއި އެމްޔޫ މަނިކަށް ވަނީ ބިރުދައްކާފައި: މަހްލޫފް

ކޮލި އުމަރު މަނިކު އާއި ޗަމްޕާ އަފީފުއަށް ވެސް ޓީވީއެމަށް އަރަން މަޖްބޫރު ވަނީ އެބޭފުޅުންގެ ވިޔަފާރިތައް، ވިލާ ކުންފުނި ގޮތަށް ފުނޑުފުނޑު ކޮށްލަން ޔާމީން މަސައްކަތް ކުރާނެތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފްގެ ޓްވީޓްގައި ވަނީ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު އެ ބޭފުޅުންނަށްވެސް ވިޔަފާރި ކުރުމުގެ މާހައުލެއް އުފައްދައިދޭނީ އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ކަމަށް ވިދާޅުވެފައެވެ.

"ކޮލި އުމަރު މަނިކު އާއި ޗަމްޕާ އަފީފުއަށް ވެސް ޓީވީއެމަށް އަރަން މަޖްބޫރު ވަނީ އެބޭފުޅުންގެ ވިޔަފާރިތައް، ވިލާ ކުންފުނި ގޮތަށް ފުނޑުފުނޑު ކޮށްލަން ޔާމީން މަސައްކަތް ކުރާނެތީ" މަހްލޫފް ވިދާޅުވިއެވެ.

މިބޭފުޅުންވަނީ މިރޭ ދައުލަތުގެ މީޑިއާގެ ޓީވީއެމްއިން ދެއްކި "މައި ނޭޝަން މައި ފިއުޗާ" ޕެނަލް ޑިސްކަޝަންގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން ގައުލަތުގެ ދަރަނި ބޮޑުވި ނަމަވެސް އެ ދަރަނި ދެއްކޭނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޗަމްޕާ ހުސައިން އަފީފްވަނީ ތަރައްގީ ކުރެވޭނީ ފައިސާ ހަރަދުކޮށްގެން ކަމަށާއި އަމިއްލަ ވިޔަފާރި ތަކުން ފެންނަ ގަގީގަތަކީވެސް އެއީކަމަށް ވިދާޅުވިއެވެ.