Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނެ: ޝަހީމް

މި އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެ ބޭފުޅާ މިހެން ވިދާޅުވީ މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި ޑރ. ޝަހީމް ވިދާޅުވީ" މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި ބައްދަލު ކުރަން ކުރި ދަތުރު ނިންމާފަ މާލެ މިއައީ ވަރަށް އުފަލާ އެކުގައެވެ. އެންމެހާ ރައްޔިތުންނާއި ކިޔަވާ ކުދިންނަށް ޝުކުރު ދަންނަވަން. ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ އިންޝާ ﷲ" މިފަދައިންނެވެ.

ރައީސް ޔާމީން އަދި ޑރ. ޝަހީމް ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ ކެމްޕޭން ދަތުރުތައް ފަށާފައެވެ.