ކިތަންމެ ފައިސާއެއް ބެހިޔަސް މިއީ ރައްޔިތުން ޔާމީނަށް ބޮނޑި ދޭ ފަހަރު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.
ފާޅުގައި ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ މަހްލޫފް މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
Re-registration process therein ethah haas bayakah vote nuleveygoiy hedhumahfahu,mihaaru e dhuvvaigathee ID card gannan. Tax ge gothuga rayyithun dhaulathah dhekki faisaa miadhu anburaa edhenee rayyithunnah. Kithamme faisaa eh behiyas, miee rayyithun Yameen ah bondidhey faharu.
— Ahmed Mahloof (@AhmedMahloof) August 7, 2018
ޓްވީޓްގައި މަހްލޫފް ވިދާޅުވީ "ރީރަޖިސްޓްރޭޝަން ޕްރޮސެސް ތެރެއިން އެތައް ހާސް ބަޔަކަށް ވޯޓު ނުލެވޭގޮތް ހެދުމަށްފަހު، މިހާރު އެ ދުއްވައިގަތީ އައިޑީ ކާޑު ގަންނަން. ޓެކްސްގެ ގޮތުގަ ރައްޔިތުން ދައުލަތަށް ދެއްކި ފައިސާ މިއަދު އަނބުރާ އެ ދެނީ ރައްޔިތުންނަށް. ކިތަންމެ ފައިސާއެއް ބެހިޔަސް، މިއީ ރައްޔިތުން ޔާމީނަށް ބޮނޑި ދޭ ފަހަރު" މިހެންނެވެ.
މަހްލޫފް ވެފައިވަނީ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ޓްވީޓް ހަމަލާތައް އެންމެ ގިނައިން ރައީސް ޔާމީނަށް ދެއްވާ އެއް ފަރާތަށެވެ.