Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ރައީސް ޔާމީން ހުވަދު އަތޮޅަށް

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީން މިއަދު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މި ދަތުރުގައި ގދ. އާއި ގއ. އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު ވަޑައިގަންނަވާނެ އެވެ.

އެގޮތުން ގދ. ގައްދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވައި، އެ ރަށުގައި ހަދާފައިވާ ހައުސިން ޔުނިޓްތައް ވެސް ހުޅުއްވައި ދެއްވާނެ އެވެ.

މި ދަތުރުފުޅުގައި ގއ. ކޮނޑޭ އަށް ވަޑައިގެން އެ ރަށު ބަނދަރު ހުއްޅުއްވައި ދެއްވައި، ގއ. ކޮލަމާފުށީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވައި، އެރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށް ދެއްވުމުގެ އިތުރުން ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަ ކުރައްވާ ވިލިނގިލީގައި ހަދާފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައި ދެއްވާނެ އެވެ.

މި ދަތުރުފުޅުގައި ގއ. ކޫއްޑު އަށް ވަޑައިގެން ކޫއްޑޫގެ މަސްވެރިންގެ މެރީނާ ވެސް ހުޅުއްވައިދެއް ވާނެ އެވެ.