Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އެއާޕޯޓް ލޯން 15 އަހަރުން ދެއްކޭނެ: ނަޒީރު

ކްރައުން ނަޒީރު، ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ނަގާފައިވާ އެއް ބިލިއަން ޑޮލަރުގެ ލޯނު ބަޖެޓާއި ނުލައި 15 އަހަރުން ދައްކައި ހަލާސް ކުރެވޭނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ސަނާ ކިއުމަށް ރޭ ޓީވީއެމްއިން ގެނެސްދިން "މައި ފިއުޗާ- މައިނޭޝަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ މިހާރު ކަންތައްދާ ގޮތުން އެއާޕޯޓު ލޯނު އެކުންފުނިން އަމިއްލައަށް ދެއްކޭނެކަމަށެވެ.

"މިހާރުގެ ސްޕީޑުން އަމިއްލައަށް [ލޯނު] ދެއްކޭނެ. އިރާދުކުރެއްވިއްޔާ މިހާރު ދާގޮތަށް ދާނަމަ މި ފައިސާއަކީ ސަރުކާރުގެ މާލިއްޔަތުން ނަގައިގެން ދައްކަން ޖެހޭނެ އެއްޗެއް ނޫން. [އެއަޕޯޓްގެ] އެ އޮޕަރޭޝަނުން ދެއްކޭނެ އެއްޗެއް،"

އެެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ނަޒީރު ވިދާޅުވީ އާއްމު ގޮތެއްގައި މިފަދަ ލޯނުތައް އަދާ ،ކުރުމަށް 25 އަހަރުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން ލޯނު ދެއްކޭނެކަމަށެވެ.

ރޭ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ނަޒީރު ވިދާޅުވީ އެއާޕޯޓު މަޝްރޫއަކީ ހަތް މިލިއަން ކަސްޓަމަރުންނަށް ހިދްމަތް ދެވޭނެ ތަނެއް ކަމަށެވެ.