ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރު ސާބިތު ރައީސް ޔާމީން ނުކުރައްވާކަމަށް އެމަނިކުފާންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.
ގދ. މަޑަވެލީގެ ރައްޔިތުންނާއި މުހާޠަބު ކުރައްވަމުން ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރިލްވާން މަރުވެފައިވާ ކަމަށެވެ.
"Gdh Madaveleegai Raeesuljimhooriyyaa dhekkevi vaahakafulhugai, Raees Rilwan ge maru saabithu kurevvee eh noon. Raees ge vaahakafulhu amaazu kurevvee Kureege Naibu Raees Adheeb, Raeesuljumhooriyyaa aai Cabinet aa gulhivaigen hedhi bodu dhogehge macchah..
1/2— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) August 7, 2018
ރައީސްގެ އެވާހަކަފުޅުތަކާއި ގުޅިގެން މުއާޒު ކުރެއްްވި ޓްވީޓެއްްގައި ވިދާޅުވީ " ގދ. މަޑަވެލީގައި ރައީސުލް ޖުމްހުރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސް ރިލްވާންގެ މަރު ސާބިތު ކުރެއްވީ ނޫންކަމަށާއި، ރައީސްގެ ވާހަކަފުޅު އަމާޒު ކުރެއްވީ ކުރީގެ ނައިބް ރައީސް އަދީބް ރައީސުލް ޖުމްހުރިއްޔާ އާއި ކެބިނެޓް އާއި ގުޅުވައިގެން ހެދި ބޮޑު ދޮގުގެ މައްޗަށް"
ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ވަކީލުން މެދުވެރި ކުރައްވައި މިއަދު ވިދާޅުވީ ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ހުއްޓުވީ ސީދާ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން މަޑަވެލީގައި ރިލްވާންގެ ވާހަކަ ދެއްކެވީ އަދީބްގެ އެވާހަކަތަކަށް އަމާޒު ކުރައްވައެވެ.
ވީނުވީއެއް ނޭގި ގެއްލިފައިވާ ރިލްވާން ގެއްލުނުތާ މާދަމާއަށް 4 އަހަރު ފުރޭނެއެވެ. ރިލްވާން މަރުވިކަން ޔަގީންކަމާއި އެކު މިއަދު ރައީސް ވިދާޅުވި އިރު މިއަދާއި ހަމައަށް ރިލްވާންއަށް ވީގޮތެއް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.