Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މިހާތަނަށް 45،000 މީހުން ރީ-ރަޖިސްްޓާކޮށްފި

އީސީގެ ތަރުޖަމާނު އަހްމަދު އަކްރަމް - ފޮޓޯ: ގޫގުލް

ސެޕްޓެމްބަރު 23 ގައި ބާއްވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް އެދޭ ރައްޔިތުންނަށް ރީ-ރަޖިސްޓާ ވުމަށް ހުޅުވާލާފައިވާއިރު މިހާތަނަށް 45،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓާ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް އެ ކޮމިޝަނަށް ހުށައެޅި 45،000 ފޯމުތައް ޕްރޮސެސްކޮށް ނިންމާފައިވާ ކަމަށާއި މިއަދުން ފެށިގެން ކުރި ފަރާތްތަކަށް މެސެޖެއް ވެސް ފޮނުވާނެ ކަމަށެވެ.

އަދި ވަރަށް ގިނަ ފޯމު ކޮމިޝަނަށް ލިބެމުން އަންނާތީ އެއްވެސް މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެ ނަމަ އެކަން އިސްލާހު ކުރުމުގެ ފުރުސަތު މުއްދަތު ހަމަވެގެން ވެސް ތިން ދުވަހަށް އިތުރު ކޮށްދޭނެ ކަމަށް އީސީން ބުނެފައިވެއެވެ.

އީސީން އިތުރަށް ބުނެފައިވަނީ މިހާރު ވަނީ 2،000 ފޯމެއްގެ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ފުލުހަށް ހުށައަޅާފައި ކަމަށެވެ. އަދި އެއްވެސް ފޯމެއްގައި ބާތިލު ނިޝާނެއް ޖަހާފައިވާ ނަމަ އެ ފޯމެއް ބާތިލު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.