ގދ. ގައްދޫ އިން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ހައްޔަރުކޮށްފިއެވެ.
ގދ. އަތޮޅު ކައުންސިލްގެ ރައީސް "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އިދިކޮޅު ދެ މެމްބަރުން ހައްޔަރުކޮށްފައި މިވަނީ މިއަދު ރައީސް ޔާމީން ގައްދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ފުލުހުން ސެކިއުރިޓީ ވަރުގަދަ ކުރުމަށް ޖަހާފައިވާ ބެރިކޭޑު ކައިރީ ވަނިކޮށް ކަމަށެވެ.
ދެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ހިފައިގެން ގޮސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ. އަދި ދެ މެމްބަރުން ހައްޔަރުކުރި ސަބަބެއް ވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.