Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ޖަރާސީމު ހުރި ތަރުކާރީ އަދިވެސް އެބަ އެތެރެކުރޭ

ހަށިގަނޑަށް ގެއްލުންހުރި ޖަރާސީމެއް ކަމަށްވާ 'ލިސްޓީރިއާ މޮނޯސައިޓޮޖެންސް' އިން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ އާއި މޭވާ އަދިވެސް ރާއްޖެއަށް އތެރެކުރަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔޫރަޕްގެ ބައެއް ޤައުމުތަކުން އެތެރެ ކުރާ އެ ބާވަތުގެ ގަނޑުކޮށްފައިވާ ތަރުކާރީ އާއި މޭވާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އިންޕޯޓުކުރާ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްދލުކުރުމަށް އެ އުފެއްދުންތަކުގެ ހީރާސްއަށް ބަލައި އިތުރު ފިޔަވަޅު އަޅާން ނިންމާފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޔޫރަޕުން އިންޕޯޓުކުރާ ގަނޑުކުރި ތަރުކާރީ އާއި މޭވާ އަށް ހެލްތު ކްލިއަރަންސް ދިނުމަށް ހަމަޖެހިފައި ވަނީ އިންޕޯޓުކުރާ ޤައުމެއްގެ ކޮންޕިޓެންޓް އޮތޯރިޓީއެއްގެ ފައިޓޯސެނިޓަރީ ސެޓްފިކެޓް ހުށަހެޅުމުން ކަމަށެވެ. އަދި މި ސެޓްފިކެޓު ހުށަނާޅާ ޝިޕްމަންޓްތަކަށް ހެލްތު ކްރލިއަރަންސް ދެވޭނީ އިންޕޯޓުކުރާ ފަރާތުގެ އަމިއްލަ ޚަރަދުގައި، އެކްރެޑިޓް ކޮށްފައިވާ ލެބޯރަޓަރީއަކުން ތަޙުލީލުކޮށް އެ ތަޙުލީލުގެ ނަތީޖާ ހުށަހެޅުމުން، އެއަށް ރިޢާޔަތްކޮށް ބެލުމަށްފަހު ކަމަށެވެ.

ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީގެ ބާވަތްތައް ރާއްޖެއަށް އެތެރެވުމާއި ގުޅިގެން އެ އޮތޯރިޓީ އިން ވަނީ މިދިޔަ މަހު ވެސް އެތަކެތި ބާޒާރުން ނަގާފައެވެ.