Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

އަމީތު އާއި އަބުޅޯ ދޫކޮށްލައިފި

އަމީތާއި އަބުޅޯ ރޭ ގައްދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ - ފޮޓޯ: ޓްވިޓާ (އަމީތު)

ގދ. ގައްދޫ އިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ދޫކޮށްލައިފި އެވެ.

އަމީތާއި އަބްދުﷲ ހައްޔަރުކުރީ އެ ރަށަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަން ކުޑަތަންވެފައިވަނިކޮށެވެ. އެ ބޭފުޅުން ހައްޔަރުކުރީ ރައީސްގެ ދަތުރުފުޅަށް ހުރަސް އަޅަން ހަރަކާތެއް ހިންގަން އުޅުމުގެ ތުހުމަތުގަ އެވެ.

ރައީސް ޔާމީން ގައްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވީ މިއަދު ހަވީރު ކަމަށްވާއިރު، ޖަލްސާ އަމީތާއި އަބްދުﷲ ދޫކޮށްލީ ރައީސް އެ ރަށުން ފުރާވަޑައިގެން ފަހުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުން މިނިވަންވުމަށްފަހު އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ހައްޔަރުނުކޮށް ރައީސް ޔާމީން އަށް ގައްދޫ އަށް ނޭރުމަކީ އެމަނިކުފާނުގެ ނުކުޅެދުންތެރިކަން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ 3،500 މީހުންގެ އާބާދީއަކުން ޖަލްސާ އަށް 100 މީހުން ހަމަނުކުރެވުނީ ރައީސް ޔާމީން އަށްތާޢީދު ނެތިގެން ކަމަށެވެ.

"ޔާމީން ބަލި ކުރާނަން، އިންޝާ ﷲ"، އަމީތު ވިދާޅުވި އެވެ.