Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

"އިރުޝާދު ދިނީ ރިލްވާންގެ މައްސަލައިގެ ޙަޤީޤަތް ހޯދަން"

މުހައްމަދު ޝައިނީ - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެއްދެވީ ދޮގެއް ކަމަށާއި ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ ޙަޤީޤަތް ހޯދުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައިނީ މިހެން ވިދާޅުވެފައި ވަނީ ރިލްވާންގެ މައްސަލަ ބަލަން ނުޖެހޭ ކަމަށް ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވި ކަމަށް ބުނެ ރިލްވާން ގެއްލުވާލި އިރު ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ނެރުނު ނޫސްބަޔާނަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝައިނީ ވިދާޅުވީ ﷲގެ ހެޔޮ ރަޙްމަތްފުޅުން މި ސަރުކާރު ފެށުނީއްސުރެ މިއަދާއި ހަމައަށް ކެބިނެޓްގައި ހުންނެވި ވަޒީރެއްގެ ހައިސިއްޔަތުން އަދީބު ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެޅުއްވި ތުހުމަތު ދޮގު ކުރައްވާ ކަމަށެވެ.

"ރައީސް ޔާމީން އަބަދުވެސް އިރުޝާދު ދެއްވީ އަދި ދެއްވަނީ ރިލްވާންގެ މައްސަލައިގެ ޙަޤީޤަތް ހޯދަން"، ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، މި ސަރުކާރުގެ ކެބިނެޓްގައި ފެށީންސުރެ މިއަދާ ހަމައަށް އިންނެވި މިނިސްޓަރެއްގެ ހައިސިއްޔަތުން އަދީބު ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެޅުއްވި އިލްޒާމް ދޮގު ކުރައްވާ ކަމަށެވެ.

"ރައީސް ޔާމީން އަބަދުވެސް އިރުޝާދު ދެއްވީ އަދި ދެއްވަނީ ވެސް ރިލްވާންގެ މައްސަލާގެ ހަގީގަތް ހޯދަން،" ޝައިނީ ވިދާޅުވި އެވެ.

ރިލްވާން ގެއްލުނުތާ މާދަމާއަށް ހަތަރު އަހަރު ފުރޭއިރު ރިލްވާންއަށް ވީ ގޮތެެއް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ. ރިލްވާން ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވެ މިދިޔަ ހަފްތާގައި ވަނީ ސަލާމަތް ވެފައެވެ.

ފުލުހުން ވަނީ ރިލްވާން އާއި ގުޅޭ އެއްވެސް މައުލޫމާތެެއް ލިބިފައިވާ ނަމަ އެވާހަކަތަކެއް ހިއްސާ ކުރުމަށް އެދިފައެވެ. އަދި މިއަދު ރައީސް ޔާމީން "އެއްވެސް ޝައްކެއް ނެތް ގޮތަށް ރިލްވާން މަރުވެފައިވާ ކަމަށް" ވިދާޅުވުމާއި ގުޅިގެން އެތައް ބަޔަކު ދަނީ އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދޭން ފުލުހުންގެ އިދާރާއަށް ގޮވާލާފައެވެ.