އެނާ ހައްޔަރު ނުކޮށް ޔާމީނަށް ގައްދޫއަށް ނޭރުމަކީ ޔާމީންގެ ނުކުޅެދުންތެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ދޫކޮށްލުމުން އަމީތު ކުރެއްވި ޓްވީޓްގައި ވަނީ 3500 މީހުންގެ އާބާދީ އަކުން ޖަލްސާއަށް 100 މީހުން ހަމަނުކުރެވުނީ ތާއީދު ނެތިގެން ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ހައްޔަރު ނުކޮށް ޔާމީނަށް ގައްދޫއަށް ނޭރުމަކީ ޔާމީންގެ ނުކުޅެދުންތެރިކަން. 3500 މީހުންގެ އާބާދީ އަކުން ޖަލްސާއަށް 100 މީހުން ހަމަނުކުރެވުނީ ތާއީދު ނެތިގެން. # ޔާމީން ބަލިކުރާނަން އިންޝާ ﷲ.#އިބޫފައިސަލް2018" އަމީދު ވިދާޅުވިއެވެ.
Released from #Police custody.
Alhugadu hayyaru nukoh #Yameen ah #Gadhdhoo ah neyrumakee #Yameen ge nukulhedhuntherikan.
3500 meehunge aabaadhee akun jalsaa ah 100 meehun hama nukurevunee thaa'eedh nethigen.#Yameen bali kuraanan, Insha Allah. #IbuFaisal2018@PoliceMv pic.twitter.com/6iPMclRlv1
— Mohamed Ameeth (@MohamedAmeeth) August 7, 2018
އަމީތު ހައްޔަރުކުރީ އެ ރަށަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަން ކުޑަތަންވެފައިވަނިކޮށެވެ. އޭނާ ހައްޔަރުކުރީ ރައީސްގެ ދަތުރުފުޅަށް ހުރަސް އަޅަން ހަރަކާތެއް ހިންގަން އުޅުމުގެ ތުހުމަތުގަ އެވެ.