ރިޝްވާނާއި ބެހޭގޮތުން ދެއްކެވި ވާހަކަ ތަކުން ރައީސް ޔާމީން ތަހުޤީޤް ކުރަންޖެހޭ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އިއްޔެ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރިޟްވާން ނިޔާވެފައިވާ ކަަމަށް ޝައްކެއްނެތް ކަމުގައި ވިދާޅުވުމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލައާއި ގުޅޭގޮތުން ޔާމީން ދައްކަވާ ވާހަކަ ތަކުން އެކަނިވެސް ޤައުމެއްގެ ވެރިއަކަށް ކުފޫ ހަމަނުވާކަން ސާބިތުވެއްޖެ ކަމަށެވެ.
ހިނގަމުންދާ ޖިނާއީ މައްސަލައަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުން އެ ބޭފުޅާ ތަހުޤީޤް ކުރަންޖެހޭ ކަމަށާއި އޭރުން އެ ޖަރީމާގެ ސިއްރު އެނގޭނެ ކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
Riluwan gehllunu mahssala āi gulhey gothun Yameen Dhahkkavā vāhakathakun ekani ves Qawmehge veriyakah Kufoo hama nuvākan Sābithu vehjje. Hingamun dhā jināē mahssala akāi gulhey gothun dhehkkevi vāhaka thakun e beyfulhā Thahqēq kuran jehey. Mi jarēmā ge sihrru engeynē eirun. pic.twitter.com/1Blc19Iw5j
— Mohamed Jameel Ahmed (@MJameelAhmed) August 7, 2018
"ރިޟްވާން ގެއްލުނު މައްސަލައާއި ގުޅޭގޮތުން ޔާމީން ދައްކަވާ ވާހަކަ ތަކުން އެކަނިވެސް ޤައުމެއްގެ ވެރިއަކަށް ކުފޫ ހަމަނުވާކަން ސާބިތުވެއްޖެ.ހިނގަމުންދާ ޖިނާއީ މައްސަލައަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުން އެ ބޭފުޅާ ތަހުޤީޤް ކުރަންޖެހޭ. މި ޖަރީމާގެ ސިއްރު އެނގޭނެ އޭރުން" ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީން ރިޟްވާނާއި ބެހޭގޮތުން ވިދާޅުވި އެ ވާހަކަތަކުގެ ސަބަބުން ވަރަށް ގިނަބައެއްގެ ފާޑު ކިޔުންތަކާއި ޝައްކުގެ ނަޒަރު ވަނީ ރައީސް ޔާމީނަށް އަމާޒުވެފައެވެ.