Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ފަތުރުވެރިންތަކަކާ އެކު ލޯންޗެއްގައި ރޯވެއްޖެ

އެމްއެންޑީއެފް ކޯސްޓް ގާޑް

ފަތުރުވެރިން ގޮވައިގެން ކ. ހުރާ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި އަލިފާން ރޯ ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ "އޯކިޑް 40" ނަމަކަށް ކިޔާ އެ ލޯންޗުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އަށް ލިބިފައިވަނީ މިއަދު 10:50 ހާއިރުކަމަށެވެ.

މި ލޯންޗުގައި ޕެރެޑައިސް އައިލެންޑް ރިސޯޓަށް ދަތުރުކުރި 20 ޓޫރިސްޓަކު ތިއްބެވެ. އަދި ޓޫރިސްޓު ގައިޑެއްގެ އިތުރުން ހަތަރު ފަޅުވެރިންވެސް ވަނީ ފަތުރުވެރިންނާއެކު ދަތުރުކޮށްފައެވެ.

ނަމަވެސް އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ލޯންޗުން ދަތުރުކުރި ފަތުރުވެރިން ބަނޑޮސް އައިލެންޑް ރިސޯޓުގެ ލޯންޗެއްގައި ޕެރެޑައިސްއަށް ފޮނުވާލާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.