ޤާނޫނު އަސާސީއަށް 10 އަހަރު ވީއިރު އެ ވަނީ އެންމެން މޮޑޭ ފުށްގަނޑަކަށް ހަދާ، ޙުރުމަތް ކަނޑާލާފަ ކަމަށް ކުރީގެ ބަަންޑާރަ ނައިބް އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ހުސްނު މިހެން ވިދާޅުވީ މިއަދު އެ ބޭފުޅާގެ އޮފިޝަލް ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
"މިއަދަކީ 2008 ގެ ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށުމަށް 10 އަހަރުވީ ދުވަސް. 10 އަހަރުވީ އިރު ޤާނޫނު އަސާސީ ވަނީ ދައުލަތުގެ މުއައްސަސާތަކުން ބޭނުންވާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް ހަދާ، އޭގެ ޙުރުމަތް ކަނޑާލާފަ. ޤާނޫނު އަސާސީ އަކީ އެ މައްޗަށް އެންމެން ޢަމަލު ކުރަންޖެހޭ ލިޔުން" ހުސްނު ވިދާޅުވިއެވެ.
https://twitter.com/hsuood/status/1027057700742488065
ސުއޫދު ވަނީ ބަންޑާރަ ނައިބު ކަމުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.