Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ހުސައިން ނަސީރު އިންތިހާބަށް ކުރިމަތިލައިފި

ފޮޓޯ: ވީއެފްޕީ

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް މާލޭ ދަފުތަރު ހުސައިން ނަސީރާއި ދީނީ އިލުމުވެރިޔާ ޝެއިހް ނަސްރުﷲ މުސްތަފާ ކުރިމަތިލައްވައިފިއެވެ.

ހުސައިން ނަސީރާއި ރަނިންމޭޓު ޝެއިހް ނަސްރުﷲގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވަނީ މިއަދެވެ. ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެބޭފުޅުންނަށް ޖަވާބެއް ދެއްވަން ޖެހޭނެއެވެ.

އެ ދެ ބޭފުޅުންގެ ފޯމު މިހާރު ދިރާސާ ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެންމެ ފުރަތަމަ ހުށަހަޅުއްވާފައިވަނީ އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)އާއި ރަނިންމޭޓު ފައިސަލް ނަސީމުގެ ފޯމެވެ. އެއަށްފަހު ހުސައިން ނަސީރާއި ޝެއިހް ނަސްރުﷲ ވެގެންދާނީ އިންތިހާބުގައި ވާދަ ކުރަން ދެވަނައަށް ހުށަހެޅުއްވި ދެ ބޭފުޅުންނަށެވެ.

އިންތިހާބުގައި ވާދަ ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ފޯމު ނަންގަވާ ބޭނުންވާ އަދަދަށް ސޮއި ވެސް ހަމަ ކުރައްވާފައެވެ. އެހެން ނަމަވެސް އަދި ހުށަހަޅުއްވާފައެއް ނުވެއެވެ.