Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ރާއްޖެ ޓީވީ ދެ މިލިއަނުން ޖޫރިމަނާ ކޮށްފި

ރާއްޖެ ޓީވީ ގައި ގެނެސްދިން ކޮންޓެންޓެއްގެ ސަބަބުން 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ޖޫރިމަނާ ކޮށްފައިވާ ރާއްޖެ ޓީވީއަށް އަނެއްކާވެސް މިފަދަ ބޮޑު ޖޫރިމަނާއެއް އައިސްފައިވަނީ އެ ޓީވީ ޗެނެލްއިން ގައުމީ ސަލާމަތަށް ނުރައްކާތެރި ވާ ފަދަ ކޮންޓެންޓު ދެއްކި ކަމަށް ބުނެއެވެ.

އެނގިފައިވާ ގޮތުގައި ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު އެ ޓީވީ ޗެނަލުން ވަގުތުން ގެނެސްދިން މުޒާހަރާއެއްގެ ތެރޭގައި ދެއްކި ވާހަކައެއްގެ ސަބަބުންނެވެ.

އަދި އެ މައްސަލައަށް ޖަވާބުދާރީ ވުމަށް މިހާރު ރާއްޖެ ޓީވީއަށް ބްރޯޑްކޮމް އިން ވަނީ އަންގާފައެވެ. ނަމަވެސް ޖޫރިމަނާ ކުރި ކަމުގެ ރަސްމީ އެންގުމެއް އަންގާއި ނުވާ ކަމަށް ރާއްޖެ ޓީވީން ބުނެފައިވެއެވެ.