އަންނަ ހުކުރު ދުވަހު އިދިކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާއެއް މާލޭގެ ކާނިވާ ސަރަޙައްދުގައި ބާއްވަން އެސަރަޙައްދު ދޫކުރުމަށް ހައުސިން މިނިސްޓްރީގައި އެދިއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހަްއްމަދު ސޯލިހު(އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިދިކޮޅުގެ ބޮޑު ޖަލްސާއެއް ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ކާނިވާ ހޯދަން ހައުސިންގ މިނިސްޓްރީގައި އެދިފައި އޮންނަތާ ތިން ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އަދިވެސް އެކަމަށް ހައުސިން މިނިސްޓްރީން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ދޭން އެޓާނީ ޖެނެރަލް (އޭޖީ) އިން އަންގާފައިވާ އެންގުމަށް އިހުތިރާމްކޮށް އެ ޖާގަ ދޭން ޖެހޭނެ ކަމަށާއި، އެ ފުރުސަތު ދޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިހާރަކަށް އައިސް އިދިކޮޅު ފަރާތްތަކުގެ ހަރަކާތެއް ބޭއްވުމަށް ދައުލަތުގެ އެއްވެސް ބިމެއް އަދި އިމާރާތެއް ވެސް ދުލެއް ނުކުރެ އެވެ. އެހެންކަމުން އެކަމާއިމެދު އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.