ސ. ގަމުން ދަތުުރު ކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ހަތަރު ޕްރޮމޯޝަނެއް ސްރީލަންކަން އެއާލައިންސުން ފަށައިފިއެވެ.
އެގޮތުން ދިވެހިން އާއްމުކޮށް ބޭސްފަރުވާއަށްދާ ދެ މަންޒިލް ކަމަށްވާ އިންޑިއާގެ ޓްރިވެންޑްރަމް އާއި ޗެންނާއި އަށް ވަރަށް ޚާއްސަ ފެއާއެއްގެ ދަށުން ދަތުރުކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ސްރީލަންކަން އިން ބުނީ ގަމުން ޗެންނާއި އަށް ދަތުރުކުރާ ފަރާތްތަކަށް ކޮޅަކަށް 139 ޑޮލަރަށް އަދި ދެކޮޅަށްނަމަ 290 ޑޮލަރަށް ޓިކެޓް ނެންގެވޭނެ ކަމަށެވެ. އަދި ޓްރިވެންޑްރަމް އަށް ދަތުރުކުރާ ފަރާތްތަކަށް ކޮޅަކަށް 149 ޑޮލަރަށް އަދި ދެކޮޅަށްނަމަ 297 ޑޮލަރަށް ޓިކެޓް ލިބޭނެ ކަމަށްވެސް އެ އެއާލައިން އިން ބުނެއެވެ.
މީގެ އިތުރުން ވެސް ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ވެސް ދަތުރުކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ސްރީލަންކަން އިން ވަނީ ފަށައިފަ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ގަމުން ބެންކޮކަށް ދަތުރުކުރާ ފަރާތްތަކަށް އެއްކޮޅު ޓިކެޓް 317 ޑޮލަރަށް ލިބޭއިރު، ދެކޮޅު ޓިކެޓް 479 ޑޮލަރަށް ލިބޭނެކަމަށް އެ އެއާލައިން އިން ބުނެއެވެ.
ސްރީލަންކަން އިން ބުނީ މި ފެއާތަކުގެ ދަށުން ސީޓް ހުރި ވަރަކުން ޓިކެޓް ވިއްކާނެ ކަމަށާއި ޔަޤީންކަމާއެކު ބޭނުންވާ ދުވަހަކަށް ސީޓް ލިބޭނީ ވީހާވެސް އަވަހަކަށް ޓިކެޓް ބުކް ކުރުމުން ކަމަށެވެ.
މީގެ އިތުރުން ވެސް މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ސްރީލަންކަން އިން ވަނީ އޭގެ ތެރޭގައި ގަމުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އަދި ޑާކާ އިން ގަމަށް ދާ ކޮންމެ އިކޮނޮމިކް ކްލާހުގެ ޓިކެޓަކަށް 40 ކިލޯގެ ބެގެޖް އެލަވެންސެއް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ.
އެގޮތުން އެ ޕްރޮމޯޝަންގެ ދަށުން ދަތުރުކުރައްވަން ބޭނުންފުޅު ފަރާތްތަކުން މި ހިނގާ އޮގަސްޓް މަހުގެ 15ގެ ނިޔަލަށް ޓިކެޓް ނަންގަވަން ޖެހޭނެ ކަމަށާއި، މި ޕްރޮމޯޝަންގެ ދަށުން މި މުއްދަތުގައި ޓިކެޓް ނަންގަވާ ފަރާތްތަކަށް ޖުލައި 19 އިން ފެށިގެން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ދަތުރު ކުރެވޭނެ ކަމަށްވެސް ސްރީލަންކަން އިން ބުނެއެވެ.
އާންމު އުސޫލުން ސްރީލަންކަން އެއާލައިންސްގެ އިކޮނޮމިކް ކްލާސް ޓިކެޓްގެ ބެގެޖް އެލަވަންސް އަކީ 30 ކިލޯގްރާމެވެ.
ސްރީލަންކަންގެ މި ޕްރޮމޯޝަންތަކާއި ގުޅޭ މައުލޫމާތުތަކާއި ރިޒަވޭޝަން ހެއްދުމަށް ސްރީލަންކަންގެ ޖެނެރަލް ސޭލްސް އެޖެންޓް އޮފީހުގެ މޮބައިލް ނަންބަރ 7978966 އަށް ވައިބަރ ނުވަތަ ފޯނުކޮށްގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.