Last Updated: June 12, 17:57
Friday, June 12, 2026
ކުޅިވަރު

"ރަން އިން އައްޑޫ" އަށް އަދިވެސް ފުރުސަތު އެބަ އޮތް

މާދަމާ ހަވީރު އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކުރިމަތިން ފަށާ "ރަން އިން އައްޑޫ" ދުވުމުގެ އުމުރުން ދުވަސްވީ މީހުންގެ ހިނގާލުމުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް އަދިވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ޓީއެފްޖީން ބުނެފިއެވެ.

ޓީއެފްޖީން ބުނީ އުމުރުން ދުވަސްވީ މީހުންގެ ހިނގާލުމުގައި ބައިވެރިވާން ބޭނުންފުޅު ބޭފުޅުން ހިތަދޫ ފަލަކު ސްޕޯޓްސްއަށް ގޮސް ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. އަދި 7788783 ނަންބަރަށް ގުޅައިގެންވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

"ރަން އިން އައްޑޫ"ގެ އުމުރުން ދުވަސްވީ މީހުންނަށް ބާއްވާ ހާއްސަ ހިނގާލުން ހުކުރު ދުވަހު ހަވީރު 4:45 ގައި ކައުންސިލް އިދާރާ ކުރިމަތިން ފަަށާނެއެވެ. އަދި ކުޑަކުދިންނަށް ބާއްވާ ކިޑްސް ރަން އޮންނާނީ ހުކުރު ދުވަހު ހަވީރު 5 ޖަހާއިރުއެވެ.