Last Updated: July 26, 11:59
Sunday, July 26, 2026
ޚަބަރު

ފަޒްނާ ޖަވާބުދާރީ ވާން ޖެހޭނެ: މަހްލޫފު

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސިކިއުޓާރ ޖެނެރަލް މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި އަލްއުސްތާޛާ އައިޝަތު ފަޒްނާ އަކީ އިންސާފުގެ ކުރިމަތީ ޖަވާބުދާރީ ވާންޖެހޭނެ ފަރާތެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ފަޒްނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރާމް ހެކިތަކެއްގެ މައްޗަށް ހަރާމް އެތައް ދައުވާތަކެއްކޮށް، އެތައް ބަޔަކު ޖަލަށްލާ އަނިޔާ ދިނުމަށްފަހު އިސްތިއުފާ ދިނުމަކުން އަދި ނުނިމޭ ކަމަށެވެ.

"ހަރާމް ހެކިތަކެއްގެ މައްޗަށް ހަރާމް އެތައް ދައުވާތަކެއްކޮށް، އެތައް ބަޔަކު ޖަލަށްލާ އަނިޔާ ދިނުމަށްފަހު އިސްތިއުފާ ދިނުމަކުން އަދި ނުނިމޭ.ފަޒްނާ އަކީ އިންސާފުގެ ކުރިމަތީ ޖަވާބުދާރީ ވާންޖެހޭނެ ފަރާތެއް" މަހްލޫފް ވިދާޅުވިއެވެ.

އެސިސްޓެންޓް ޕީޖީގެ މަގާމަށް ފަޒްނާ އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.