Last Updated: June 11, 13:58
Thursday, June 11, 2026
ކުޅިވަރު

ކޯޓުއާ ރެއާލަށް ބަދަލުވެއްޖެ

ޗެލްސީގެ ކީޕަރު ތިބައުޓް ކޯޓުއާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.

ރޭ ޗެލްސީން ކޯޓުއާ ކުލަބު ދޫކޮށް ރެއާލަށް ބަދަލުވާން ނިންމާފައިވާކަން އިއުލާން ކޮށްފައިވާއިރު ރެއާލް މެޑްރިޑުން ވެސް ވަނީ ކޯޓުއާ ކުލަބާ ގުޅިފައިވާކަން ސޯޝަލް މީޑިޔާ މެދުވެރިކޮށް އިއުލާން ކޮށްފައެވެ.

ކޯޓުއާގެ ބަދަލުގައި އެއް ނަމްބަރު ކީޕަރުގެ މަގާމަށް ޗެލްސީން ވަނީ 71.5 މިލިއަން ޕައުންޑަށް އެތްލެޓިކް ކުލަބުގެ ކެޕާ ކުލަބަށް ގެނެސްފައެވެ. މިއީ ރޯމާގެ އެލިސަން ލިވަޕޫލަށް ގެންދަން ދެއްކި އަގަށް ވުރެ ފަސް ލައްކަ ބޮޑު އަގެކެވެ.

ކޯޓުއާ ވަނީ ނިމިގެން ދިޔަ ސީޒަނަށް ފަހު ޗެލްސީގައި މަޑުނުކުރަން ނިންމާފައެވެ. އޭނާ ވަނީ ވޯލްޑް ކަޕަށް ފަހު ޗުއްޓީ ނިންމާލާފައި ލަންޑަނަށް އައިސްފައި ވެސް ޗެލްސީގެ ޓްރެއިނިން ގައި ބައިވެރިވާން ދެކޮޅު ހަދާފައެވެ.

ރެއާލުން ކޯޓުއާ ގެންގޮސްފައިވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ޑެހެއާ ހޯދުމަށް ޖެހިޖެހިގެން ތިން ސީޒަނުގައި މަސައްކަތް ކުރުމަށް ފަހުގައެވެ. ޔުނައިޓެޑުން ވަނީ ޑެހެއާ ދޫކޮށްލަން ބޭނުންނުވާ ކަމަށް ތަކުރާރުކޮށް އިއުލާން ކޮށްފައެވެ.