Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

50ލ. އަލުން ޖަހައިގެން ގެނެސްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިހާރު ބޭނުންކުރަމުންދާ 50 ލާރީގެ ސްޓޮކް މަދުވެގެން އަލުން ޖަހައިގެން ގެނެސްފިއެވެ.

އެ އޮތޯރިޓީންް ނެރެފައިވާ ފައިސާާ ފޮތިތަކުގެ ތެރެއިން 50 ލާރީގެ ފައިސާ ފޮތީގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޖަހައިގެން 7 އޮގަސްޓް ގައި ރާއްޖެ ގެނެވި، ދައުލަތުގެ ޚަޒާނާގައި ރައްކާކުރެވިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. ގެނެސް ސްޓޮކަށް ވެއްދުނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ދައުރުކުރާ ފައިސާގެ ސްޓޮކް މަދުވެގެން ދޭތެރެ ދޭތެރެއިން އެމްއެމްއޭއިން ފައިސާ ފޮއްޗާއި ނޫޓް ޖަހައިގެން ގެނެއެވެ. އެހެންނަމަވެސް ގެންނަނީ ކިހާ އަދަދެއް ކަމެއް ހާމައެއް ނުކުރެއެވެ. އަދި ރާއްޖެ ގެންނަ ފައިސާ އެއަރޕޯޓުން ގެނެސް، ދައުލަތުގެ ޚަޒާނާއަށް ވައްދަނީ ހަތިޔާރުއެޅި ސިފައިންގެ ޙިމާޔަތުގައެވެ.