Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ކޫއްޑޫ މަސްވެރިންގެ މެރީނާ ރައީސް ހުޅުވައިފި

ރައީސް އަބްދުﷲ ޔާމީން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހަދާފައިވާ މަސްވެރިންގެ މެރީނާ މިއަދު ހުޅުއްވައިދެއްވައިިފި އެވެ.

މެރީނާ ހުޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީން ގއ. އަދި ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވާހަކަ ދެއްކެވިއެވެ. ޝަހީރު ދެއްކެވި ވާހަކައިގައި ވިދާޅުވީ މި ސަރުކާރުން މަސްވެރިކަށް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މަސްވެރިންނަށް ހިދުމަތްތައް ލިބޭ ގޮތަށް މަސްވެރިންގެ މެރީނާތައް ހެދުމަކީ މި ސަރުކާރުގެ މަސްވެރިކަމުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެވެ. މަސްވެރިކަމުގެ މެރީނާތައް ހަދާފައިވަނީ މަސްވެރިން ބޭނުންވާނެ ގިނަ ހިދުމަތްތަކާއެކުގަ އެވެ. މިގޮތުން މެރީނާތަކުގައި މަސްވެރިންނަށް ބޭނުންވާނެ ތަފާތު އެއްޗިހި ގަތުމާއި ކުލީ ކޮޓަރި ލިބެން ހުރުން ފަދަ ހިދުމަތް ތަކެއް ހިމެނެ އެވެ. މިފްކޯއިން މީގެ ކުރިން ވަނީ ފެލިވަރުގައިވެސް މެރީނާއެއް ހުޅުވާފަ އެވެ.

ކެމްޕޭންގައި ރާއްޖޭގެ އެކި ހިސާބުތަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ގިނަ ރަށްތަކެއްގެ ތަރައްޤީގެ މަޝްރޫޢު ތަކެއް ފައްޓަވާދެއްވާ ދެއްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.