ރައީސް އަބްދުﷲ ޔާމީނާއި ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ ކެންޑިޑެސީ ފޯމު އިލެކްޝަނަށް މިއަދު ހުށަހަޅައިފިއެވެ.
ރައީސް ޔާމީން އަތޮޅު ތެރެއަށް ވަޑައިގެން ހުންނެވުމުގެ ސަބަބުން އެމަނިކުފާނަށް ވަޑައިނުގެންނެވުނީ ކަމަށާއި، އެހެން ކަމުން ޕާޓީގެ ފަރާތުން ފޯމު ހުށަހެޅީ ކެންޑިޑޭޓު އަދި ރަނިންމޭޓުގެ ވެސް އިޒުނައާއެކު ކަމަށް ޒަމީރު ވިދާޅުވިއެވެ.
PPM ge riyaasee candidate Abdulla Yameen Abdul Gayyoo raeesuljumhooriyyaa kamah kurimathillevvumah edivadaigen hushahalhuvvaa form elections commission in hushahalhuvvaifi pic.twitter.com/VyjCTxwPRC
— Elections Commission (@ElectionsMv) August 9, 2018
އެންމެ ފުރަތަމަ އިލެކްޝަނަށް ހުށަހެޅުނީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ގެ ކެންޑިޑެސީއެވެ.

ދެވަނަ އަށް ހުސައިން ނަސީރާއި ރަނިންމޭޓު ޝެއިހް ނަސްރުﷲގެ ފޯމު ވެސް ވަނީ ހުށަހަޅުއްވާފައެވެ. އަދި މިއަދު 3 ވަނަ ކެންޑިޑެސީއެއް މި ހުށަހެއްވީ ރައީސް ޔާމީނެވެ.
