Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އުރީދޫން ދިވެހި އެޕެއް ތައާރަފުކޮށްފި

ދިވެހިބަހުން ޚިދުމަތް ލިބޭ މޮބައިލް އެޕެއް އުރީދޫން ތަޢާރަފްކޮށްފި އެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޙާން އާ އެޕްލިކޭޝަނަކީ އެ ކުންފުނިން ރާއްޖޭގެ މުވާސަލާތީ ދާއިރާ ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއަށް އިތުރު އައު ހިދުމަތެއް ކަމަށެވެ.

އުރީދޫގެ އާ އެޕް މެދުވެރިކޮށް މޯބައިލް ނަންބަރާ ގުޅުން ހުރި އެކި ކަންކަމާއި އުރީދޫގެ އެންމެ ފަހުގެ ޕްރޮމޯޝަންތައް އަދި އެހެނިހެން މައުލޫމާތު ދިވެހި ބަހުން ލިބޭނެ އެވެ.

މި އެޕްގެ އިނގިރޭސި ވާރޝަންއެއް މިހާރު ވެސް ކަސްޓަމަރުން ބޭނުނެ ކުރެ އެވެ.