Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ސައިކަލެއް ކޮންޓްރޯލް ނުވެ ރެޑްވޭވް ފިހާރައަށް ވަދެއްޖެ

ފޮޓޯ: ވީނިއުަސް

ސައިކަލެއް ކޮންޓްރޯލް ނުވެ މަޖީދީ މަގުގައި ހުންނަ ރެޑްވޭވް ފިހާރަ އަށް ވަދެއްޖެ އެވެ.

މިހާދިސާގައި ރެޑްވޭވް ފިހާރައިގެ ބޭރު ބިއްލޫރިގަނޑު ތަޅައިގެން ގޮސް ފިހާރައަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. އެހެން ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.

މަންޒަރު ދުށް ބައެއް މީހުން ސައިކަލް ފިހާރަ ތެރެއަށް ވަނީ އަންހެން މީހާ ސައިކަލްގައި ދުއްވާފައި އައިސް ޕާކު ކުރަން އުޅުމުގެ ތެރޭގައި އޮޅިގެން ރޭސް ދެވިގެން ކަމަށް ބުނާ ކަމަށް އެ ފަރާތްތަކާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ހާދިސާއަށް ފަހު ފުލުހުން ވަނީ އެ ފިހާރަ ކައިރީގައި ހަރަކާތްތެރި ވެފައެވެ.

މަދު މަދުން ނަމަވެސް މާލޭގައި މިފަދަ ހާދިސާތައް ހިނގާކަން ފާހަގަ ކުރެވެއެވެ. ސައިކަލް، ކާރު ފަދަ ވެހިކަލްތައް ދުއްވުމުގައި ސަމާލުކަން ދޭންޖެހެއެވެ. އަމިއްލަ އަށް ލިބޭ ގެއްލުމުގެ އިތުރުން ގިނަ ފަހަރު ކަމާއިނުބެހޭ ފަރާތްތަކަށް އޭގެ ސަބަބުން ގެއްލުން ވަމުންދެއެވެ.