ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބި ހާލު ސީރިއަސް ވެއްޖެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 8:45 ހާއިރު ހުޅުމާލެއިން އެއާޕޯޓަށް ދާން އޮންނަ ބޮޑު މަގުގައި ޓީޓައިމްސް ހޮޓާ ކުރިމަތީގައެވެ. ދެ ސައިކަލު ޖެހި ހިނގި އެ އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.
އެކްސިޑެންޓު ވެފައިވަނީ ޓީޓައިމްސް ކައިރިން މީހަކު ސައިކަލުގައި މަގުގެ އަނެއް ފަޅިއަށް އެރުމަށް އަނބުރާލި ވަގުތު ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެން ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ކަމަށް ހަބަރު ލިބެއެވެ.
އެމީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.