Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ގާ އަޅާ މެޝިނަކަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ގާއަޅާ މެޝިނެއްގެ ތެރެއަށް ވެއްޓި ބިދޭސީ ފިރިހެނަކު މަރުވެއްޖެއެވެ.

އެހާދިސާގައި މަރުވެފައިވަނީ އުމުރުން 37 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި އެހާދިސާ ހިނގާފައިވަނީ ލ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ކަމަށާއި އެހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:30 ގައިކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ.

އެމީހާއަކީ އެރިސޯޓުގައި ގާ އެޅުމުގެ މަސައްކަތް ކުރަމުންދިޔަ މީހެއްކަމަށް ވެއެވެ. އޭނާ މަރުވީ ގާއަޅާ މެޝިންތެރެއަށް ވެއްޓިކަމަށް އޮފިޝަލު ވިދާޅުވެއެވެ.

މަދުން ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް އައިސް ތިބޭ ބިދޭސީން، މަސައްކަތުގެ މާހައުލުގައި ތަފާތު އެކި ހާދިސާތަކުގެ ޝިކާރައަށް ވަމުންދެއެވެ.