ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ހުށަހަޅުއްވަން ޖެހޭ ފޯމު، އަމިއްލަފުޅަށް ހުށަހަޅުއްވަން ކެރިވަޑައި ނުގެންނެވުމީ ފިނޑި އަމަލެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފްގެ އޮފިޝަލް ޓްވިޓާ މެދުވެރިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީންގެ ފޯމު ހުށަހަޅުއްވަން އެމަނިކުފާނުގެ ފަރާތްޕުޅުން ވަޑައިގެންނެވި ބޭފުޅުންނަށް ހަޖޫ ޖައްސަވާފައެވެ.
އެގޮތުން އެ ޓްވީޓްގައި މަހްލޫފް ވިދާޅުވީ "ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މޫސާ ޒަމީރު ނަން ހުށަހަޅުއްވައިފި. ރަނިންމޭޓް އަކީ އަދްލީ ތޯ ޚަލީލް ތޯ އަދި ކަށަވަރެއް ނުވޭ. ޔާމީނަށް ފޯމް ހުށަހަޅުއްވަން ކެރިވަޑައި ނުގެންނެވިކަމީ ފިނޑި އަމަލެއް" މިހެންނެވެ.
PPM ge faraathun riyaasee inthikhaabuga vaadhakurevvumah Moosa Zameer nan husha’alhuvvaifi. Running mate akee Adhlee tho @abkhaleel tho adhi kashavareh nuvey.
Yameen ah form husha’alhuvvan kerivadai nugennevikamee findi amaleh. pic.twitter.com/R0z1DLjT4i
— ????? ??????? (@AhmedMahloof) August 9, 2018
ރައީސް ޔާމީން އަތޮޅު ތެރެއަށް ވަޑައިގެން ހުންނެވުމުގެ ސަބަބުން އެމަނިކުފާނަށް ވަޑައިނުގެންނެވުނީ ކަމަށާއި، އެހެން ކަމުން ޕާޓީގެ ފަރާތުން ފޯމު ހުށަހެޅީ ކެންޑިޑޭޓު އަދި ރަނިންމޭޓުގެ ވެސް އިޒުނައާއެކު ކަމަށް މިއަދު އިލެކްޝަނަށް ފޯމު ހުށަހަޅުއްވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ.