ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އެޖެންޓަކަށް އަދުލީ އިސްމާއިލް ހަމަ ޖައްސައިފި އެވެ.
އަދްލީ އެސްޓޯއީގެ ދަށުން ހިންގާ މިފްކޯގެ މެނޭޖިންގް ޑިރެކްޓަރެވެ. ރައީސް ޔާމީން މާލޭގައި ނޫޅުއްވާތީ އެމަނިކުފާނުގެ ކެންޑިޑެސީ ވެސް އިލެކްޝަނަށް ހުށަހެޅި ބައްދަލުވުމުގައި އަދުލީ ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކެމްޕޭން އެޖެންޓަކަށް އަދުލީ ހަމަޖެއްސެއްވި އިރު ޕީޕީއެމްގެ އެހެން ގިނަ ހަރަކާތްތަކުގައި ވެސް އޭނާ އުޅުއްވަ އެވެ.
ރައީސް ޔާމީން އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފައްޓަވާފައިވާ އިރު އަތޮޅު ތަކަށް ވެސް ދަތުރުތައް ވަނީ ފައްޓަވާފައެވެ. އެގޮތުން އެންމެ ފަހުން ތިން ދުވަހުގެ ދަތުރުފުޅެއްގައި ގއ އަދި ގދ ގެ ބައެއް ރަށްތަކަށް ވަޑައިގެންނެވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.
އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގައި ވަރަށް ގިނަ ތަރައްޤީގެ މަޝްރޫއުތައް ފައްޓަވާދެއްވާ ނިންމާ ރަސްމިއްޔާތު ތަކުގައި ބައިވެރިވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.