Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

ކިޑްސް އާއި އުމުރުން ދުވަސްވީ މީހުންގެ ހިނގާލުން މިއަދު

ޓީއެފްޖީން އިންތިޒާމްކޮށްގެން އައްޑޫގައި ބާއްވާ "ރަން އިން އައްޑޫ"ގެ ކުޑަކުދިންގެ ދުވުމާއި އުމުރުން ދުވަސްވީ މީހުންނަށް ބާއްވާ ހިނގާލުން މިއަދު ހަވީރު އައްޑޫ ސިޓީ ކައުންސިލް އިދާރާ ކުރިމަތިން ފެށޭނެއެވެ.

އުމުރުން ދުވަސްވީ މީހުންގެ ހިނގާލުން މިއަދު ހަވީރު 4:45 ގައި ފަށާ އިރު ކިޑްސް ރަން ހަވީރު 5 ޖަހާއިރު ފަށާނެއެވެ. މި ހަރަކާތް ހިނގަމުންދާ ވަގުތު ކައުންސިލް އިދާރާގެ ގޯތި ތެރޭގައި އެކްސްޕޯ ކުރިއަށްދާނެއެވެ.

މިފަހަރު "ރަން އިން އައްޑޫ"ގެ ހުރިހާ އިވެންޓެއްގެ ސްޓާޓް ޕޮއިންޓާއި ފިނިޝިން ޕޮއިންޓް ގާއިމްކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ކުރިމަތިންނެވެ. މެރެތަން (42 ކިލޯމީޓަރު) ރޭސް ފަށާނީ މެންދަމު 2 ޖަހާއިރެވެ. ހާފް މެރެތަން (21 ކިލޯމީޓަރު) ރޭސް ފަތިހު 5 ޖަހާއިރު ފަށާއިރު 10 ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 6 ޖަހާއިރެވެ. އަދި ފަހު އިވެންޓް ނުވަތަ ފަސް ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 7 ޖަހާއިރެވެ.

ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. މީގެ އިތުރުން ވޮލަންޓިއަރުންގެ އަގު ވެސް ވަޒަންކުރާނެ އެވެ.