"ވަގުތު" ނޫހުން އައްޑޫގައި ބޭއްވި "އެވިޑް ކޮލެޖް ވަގުތު" ފުޓްސަލް ޗެލެންޖް" އެފްސީ ރީތި އައްޑޫ ބަލިކޮށް ބޭރުމަތި ރޭ ކާމިޔާބުކޮށްފި އެވެ.
މިއީ އެ ޓީމް ޖެހިޖެހިގެން ދެވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރި ފަހަރެވެ.
އެފްސީ ރީތި އައްޑޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ބޭރުމަތިން ހޯދީ 0-2 ލަނޑުންނެވެ.
މުބާރާތުގެ ޗެމްޕިއަން އެފްސީ ބޭރުމަތި ޓީމަށް ވަނީ 120،00ރ. ގެ ފައިސާގެ އިނާމެއް ދީފަ އެވެ. ރަނާ އަޕް ޓީމަށް ލިބުނީ 30،000ރ. އެވެ. ރު
މީގެ އިތުރުން މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމް އެފްސީ ޒެފިއާ އަށް ވަނީ 10،000ރ. ގެ ފައިސާގެ އިނާމެއް ދީފަ ވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖެވެ. މޭޖާ ސްޕޮންސަރަކީ ކޮސްމެޓިކްސް ސާމާނު އޮންލައިންކޮށް ވިއްކާ "ޖެނެޓް އެމްވީ" އެވެ.
ކޯ ސްޕޮންސަރަކީ ވެމްކޯ އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ އާގަލާ މާޓެވެ.