Last Updated: April 26, 15:02
Friday, April 26, 2024
ރިޕޯޓް

ކާލަމާ: ޕިއްޒާ ފަރާޓާ

* ބޭނުންވާ ތަކެތި:

¾ 1 ޖޯޑު ފުށް
ފެން
1-2 މޭޒުމަތީސަމުސާ ތެޔޮ
¼ 1 މޮޒަރެއްލާ ޗީޒް (ގާނާފައި)
½ މޭޒުމަތީސަމުސާ ކޮރިއެންޑަރ ލީވްސް
¾ މުގުރި މިރުސް
3 މޭޒުމަތީސަމުސާ ޕިއްޒާ ސޯސް
1 ފިޔާ (ކުދިކޮށް ކޮށާފައި)
½ ޖޯޑު ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
އޮލިވްސް (ފަޅިކޮށްފައި)

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތައްޓަކަށް ފުށާއި، ފެން، ތެޔޮ އަދި ލޮނު އެޅުމަށްފަހު އާދައިގެ ފުށްގަނޑެއް މޮޑޭހެން މޮޑެލާށެވެ. ދެން ފުންގަނޑުގެ މަތި ބަންދުކޮށްލާފައި ބާއްވާށެވެ. ދެން ތަރުކާރީތައް ކުދިކުދިކޮށް ކޮށާފައި ޕިއްޒާ ސޯސް ތައްޔާރު ކުރާށެވެ.

ދެން ފުށްގަނޑުން 6 ފުށްގުޅަ ހެދުމަށްފަހު، މައްޗަށް ހިކިފުށް ބުރުވާލާށެވެ. އެއަށް ފަހު ރޮށްޓެއްހެން ފުށްގުޅަތައް ދަމާލާށެވެ. ރޮށިތައް މާ ބޯ އަދި މާ ތުނިވެސް ނުކުރާށެވެ.

ދެން ރޮށީގައި ޕިއްޒާ ސޯސް ހޭކުމަށް ފަހު ފިޔާ، ކެޕްސިކަމް، އަދި އޮލިވްކޮޅު އަތުރާލާށެވެ. ދެން އެ ރޮށިމަތީގައި އެހެން ރޮއްޓެއް ބާއްވައި ރަގަޅަށް ކައިރި ބަންދުކޮށްލާށެވެ.
ދެން ތަވައެއްގައި ރަނގަޅަށް ޕަރާޓާ ފިހެލާށެވެ. ދެން ފިހުމާއެކު އޭގެމައްޗަށް، ގާނާފައި ހުރި ޗީޒް އަޅާލާށެވެ. އެއަށްފަހު ޗީޒްކޮޅު ވިރެންދެން ހޫނުކޮށްލާށެވެ. އަދި އޭގެ މައްޗަށް މުގުރި މިރުސްކޮޅު ބުރުވައިލާށެވެ.