Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހިތަދޫގައި ދުއްވާފައި ދިޔަ ސައިކަލެއް ލޯޑަރެއްގެ ދަށުވެއްޖެ

އައްޑޫ ސިޓީ ހިތަދޫ އަވަށުގެ މަގެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ލޯޑަރެއްގެ ދަށުވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ، ހިތަދޫގެ ވެލި މަގެއް ލެވެލް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ލޯޑަރެއް ފަހަތަށް ދުއްވާފައި އައި ވަގުތު ސައިކަލު ދަށުވެގެންނެވެ.

ލޯޑަރު ދަށުވި ސައިކަލް ދުއްވަން އިން އަންހެން މީހާ ވަނީ ލޯޑަރު ބާރަށް ފަހަތަށް އަންނަން ފެށުމުން، ސައިކަލް ދޫކޮށްލުމަށް ފަހު އެހިސާބުގައި ހުރި ގެއެއްގެ ތެރެއަށް ވަދެފައެވެ. މި ހާދިސާގައި އޭނާއަށް އެއްވެސް އަނިޔާއެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަގު ލެވެލް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކުރަމުން ގެންދިޔަ އިރު އެހިސާބުގައި އެކަން އެނގޭ ފަދަ ނިޝާނެއް ބަހައްޓާފައެއް ނުވެއެވެ.