Last Updated: April 20, 11:49
Saturday, April 20, 2024
މުނިފޫހިފިލުވުން

ނީހާ އާއި އަންގަދު ސިއްރު ފެންފުށީގައި

މިދިޔަ މަހުގެ 10 ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ނީހާ ދޫޕިއާ އާއި އަންގަދް ބޭދީ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އެ މީހުން ޗުއްޓީ ހޭދަ ކުރަނީ ސިއްރު ފެންފުށި ރިސޯޓްގަ އެވެ. އެ ތަނުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ދެ މީހުންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

ނީހާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ އިރު، އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ އަދި އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ "ހެލިކޮޕްޓާ އީލާ" ގެ ޕްރޮމޯޝަންތައް މިހާރު ދަނީ ކުރިއަށެވެ.

އެ ފިލްމްގެ ބަތަލާއަކީ ކާޖޮލް އެވެ.

އަންގަދު އެންމެ ފަހުން ފެނިފައި ވަނީ ދާދި ފަހުން ރިލީޒް ކުރި "ސޫރްމާ" އިންނެވެ.