Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ހުޅުލޭ ނެރަށް ފެރީއެއް އަރައިފި

ހުޅުލޭ ނެރަށް ފެރީއެއް އަރައި ހިނގި އެކްސިޑެންޓެއްގައި ފެރީ އަޑިއަށް ހިނގައްޖެއެވެ.

"ރަންދެލި" ނަމަކަށް ކިޔާ މިފެރީ އަކީ މާލެއިން ފުރައިގެން ހުޅުލެއަށް ދަތުރުކުރި ފެރީއެކެވެ. މިހާދިސާ ހިނގިއިރު ފެރީގައި ހަ މީހަކު ތިބި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 4:55 އެހާކަށްހާއިރު ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެކްސިޑެންޓު ހިނގީ ހުޅުލޭގައި އަލަށް ބޭނުން ކުރަން ފެށި ނެރުގެ ފައިކައްޓަށް އެރިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ފެރީގައި ތިބި އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާއެއް ވެފައިނުވާއިރު އަޑިއަށް ގޮސްފައިވާ ފެރީ ފުންކުރުމުގެ މަސައްކަތް ވެރިފަރާތާއި އެމްއެންޑީއެފް ގުޅިގެން ދަނީ ކުރަމުންނެވެ.