Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

ފޯމްތައް ޕްރޮސަސް ކުރަން ދެތިން ދުވަސް ނަގާނެ: އީސީ

އީސީގެ ތަރުޖަމާނު އަހްމަދު އަކްރަމް - ފޮޓޯ: ގޫގުލް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރުމަށް ހުށަހަޅާފައިވާ ހުރިހާ ފޯމްތައް ޕްރޮސަސް ކުރުމަށް ތިނެއް ނުވަތަ ހަތަރު ދުވަސް ނަގާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިްނގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރެއާ ހަމަޔަށް 86،000 ފޯމް ހުށަހަޅާފައިވާ އިރު ވަކިވަކިން ހުށަހަޅާ ފޯމްތައް ވަކިވަކިން ވަގުތުން ރަޖިސްޓަރ ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އަކްރަމް ވިދާޅުވީ ބަލްކުކޮށް ހުށަހަޅާ ފޯމްތައް ރީ-ރަޖިސްޓަރ ކުރުމުގައި ވަގުތުތަކެއް ހޭދަވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ވެސް 30،000 އަކަށް ފޯމް ހުށަހަޅާފައިވާ ކަމަށާއި ހުރިހާ ފޯމެއް ޕްރޮސެސް ކުރުމަށް ތިނެއް ނުވަތަ ހަތަރު ދުވަސް ހޭދަ ވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެހެންނަމަވެސް އީސީއަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތައް ރަޖިސްޓްރީކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ މިރޭގެ ނިޔަލަށް ލިބޭ ހުރިހާ ފޯމްތައް އެންޓާ ކުރުމަށް ފަހު އޭގެ ތެރެއިން މައްސަލަތައް އުޅޭ ފޯމްތަކާއި ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

މީގެ އިތުރުން އޭގެ ތެރެއިން ބާތިލުވާ ފޯމުތައް އަލުން ރަޖިސްޓަރ ކުރުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.