Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

ރީ-ރަޖިސްޓަ ކުރަން ޕީޕީއެމުން ދެ ދުވަހުތެރޭ 20،000 ފޯމް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން - ފޮޓޯ: އަވަސް

ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިދިޔަ ދެ ދުވަހުގެ ތެރޭގައި 20،000 ފޯމް ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓަރ ކުރުމަށް މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ޕީޕީއެމް އިން ދުވާލަކު 10،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންނަމަވެސް، ޕީޕީއެމް އިން މިހާތަނަށް ޖުމްލަކޮށް ހުށަހަޅާފައި ވަނީ ކިތައް ފޯމްކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.

އޭނާ ވިދާޅުވީ އެއްވެސް ޕާޓީއަކުން ފޯމް ހުށަހަޅާ ޖުމުލަ އަދަދެއް ހާމައެއް ނުކުރާނެ ކަމަށާއި ނަމަވެސް ކޮންމެ ޕާޓީއަކުން ވެސް ގިނަ އަދަދަށް ފޯމް ހުށަހަޅަމުން އަންނަ ކަމަށެވެ.

އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ގިނަ އަދަދެއްގެ ފޯމްތައް ބަލްކުކޮށް ހުށަހަޅާފައި ހުރުމުން، އެ ފޯމްތައް ޕްރޮސެސްކުރުމުގައި ލަސްތަކެއް ވަމުން އަންނަ ކަމަށެވެ.

އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓަރ ކުރުމަށް ހުށަހަޅާ ހުރިހާ ފޯމެއް ޕްރޮސެސް ކުރުމަށް ތިނެއް ނުވަތަ ހަތަރު ދުވަސް ހޭދަ ވާނެ ކަމަށާއި، ނަމަވެސް އީސީއަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތައް ރަޖިސްޓްރީކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.