Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

ގާޒީ އަހުމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ރަޝީދު (ވ)ގައި އައްަމަޔަންކުރައްވާ މަގާމުގެ ފަތްކޮޅު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދެއްވަނީ - ފޮޓޯ: ވީނިއުސް

ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ އެ ކޮމިޝަނަށް ހުށަހެޅު މައްސަލައެއް ބެއްލެވުމަށްފަހުއެވެ. އެއީ ކޮން މައްސަލައެއްކަން ޖޭއެސްސީ އަދި ކްރިމިނަލް ކޯޓުން ހާމަކޮށްފައި ނުވިނަމަވެސް، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ ކްރިމިނަލް ކޯޓުގައި ބަލަމުން ގެންދިޔަ ސިޔާސީ މައްސަލަ ތަކާއި ގުޅޭ ގޮތުން ވާހަކަފުލު ދައްކާވާތީ ކަމަށެވެ.

"ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި މިދިޔަ ހޯމަ ދުވަހު އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި އަހްމަދުގެ ސަސްޕެންޝަން އުވާލާ އޭނާ އަލުން ވަޒީފާއަށް ނިކުތުމަށް އަންގަން ނިންމީ އަހްމަދާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ގެންދަން އެކަށީގެންވާ ހެކި ލިބިފައި ނުވާތީ ކަމަށެވެ.

ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަޤާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.