Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

"ރަން އިން އައްޑޫ" ކާމިޔާބު ކަމާއި އެކު ނިންމާލައިފި

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ބާއްވި ދެވަނަ "ރަން އިން އައްޑޫ" ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

ކޮކާކޯލާ "ރަން އިން އައްޑޫ"ގެ މިފަހަރުގެ މެރަތަން ކާމިޔާބުކޮށްފައިވަނީ އިންޑިއާއިން ރާއްޖެ ގެނެސްފައިވާ ދެ ހެލިކެޕްޓަރގެ ތެރެއިން ސ. ގަމުގައި ބާއްވާފައިވާ ހެލިކެޕްޓަރގެ ކެޕްޓަން ކަރަމްޖީތު ސިންގއެވެ. ސިންގ އާއި އެކު ކުޑަ ތަފާތަކުން މެރަތަން ދެވަނައަށް ކާމިޔާބު ކޮށްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުﷲ އިބްރާހިމްއެވެ.

މިފަހަރު "ރަން އިން އައްޑޫ"ގެ ހުރިހާ އިވެންޓެއްގެ ސްޓާޓް ޕޮއިންޓާއި ފިނިޝިން ޕޮއިންޓް ގާއިމްކޮށްފައިވަނީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް އިދާރާ ކުރިމަތީގައެވެ.

ކުޑަކުދިންގެ ކިޑްސް ރަން އާއި އުމުރުން ދުވަސްވީ މީހުންގެ ހިނގާލުން މިމަހުގެ 10 ވަނަ ދުވަހު ބާއްވާފައިވާ އިރު މެރަތަން، ހާފް މެރަތަން 10 ކިލޯމީޓަރ އަދި 5 ކިލޯ މީޓަރ ދުވުމުގައި ބައިވެރިވި ހުރިހާ ދުވުންތެރިންވެސް ވަނީ ރޭސް ފުރިހަމަކޮށްފައެވެ.