Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

މާލޭ މަގުމަތިން ފެނުނު ފައިސާތަކެއްގެ ވެރިފަރާތެއް ހޯދަނީ

އަމީނީމަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިން ވެރިއަކު ނެތް ފައިސާތަކެއް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ، އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މިފައިސާތައް ފެނިފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އަމީނީ މަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިން ކަމަށެވެ.

އެހެންނަމަވެސް، ފެނުނީ ކިހާ އަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މިފައިސާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ފައިސާއާ ހަވާލުވެލެއްވުން އެދޭ ކަމަށެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.